twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހައިލަމަށް ކުރާ ތުހުމަތަށް އިންކާރު ކުރައްވައިފި

Jun 24, 2020

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ފުލުހުން ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާއި ފަނޑިޔާރުކަމުގައި ހުންނަވައިގެން ވިޔަފާރިކުރެއްވި ކަމުގެ ތުހުމަތަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

ހައިލަމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރަނީ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ހައިލަމްގެ އެކައުންޓަށް 200،000 ރުފިޔާ ޖަމާކުރި މައްސަލައިގަ އެވެ. ފަނޑިޔާރަކަށް ހުންނަވިކޮށް ހިނގައިދިޔަ އެ ކަންތަކާ ގުޅިގެން މީގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް އެ މައްސަލަ ބެލި އެވެ.

އެކަމުގައި މަނީ ލޯންޑަރިންގެ އަމަލެއް ހިމެނޭތޯ ބެލުމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ފޮނުވި ނަމަވެސް ފުލުހުން ބެލިބެލުމުން އެކަމުގައި މަނީ ލޯންޑަރިންގެ އަމަލެއް ނެތް ކަމަށް އެނގިފައިވާ ކަމަށް ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައިލަމް ވިދާޅުވިއެވެ.

ހައިމަލް ވިދާޅުވީ ފުލުހުން ތުހުމަތުކުރާ ގޮތަށް ވިޔަފާރިއެއް ވެސް ނުކުރައްވާ ކަމަށާއި ފަނޑިޔާރުކަމުގައި ހުރެގެން ކުރި ވިޔަފާރިއެއް ބެލުމުގެ ކުރިން ފަނޑިޔާރަކަށް ވެ ހުރެ ވިޔަފާރިކުރުން މަނާވާ ގާނޫނީ ހަމައަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ.

ހައިލަމް ވިދާޅުވީ ފަނޑިރާޔަކު ވިޔަފާރި ކުރުމަކީވެސް ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާ ކަމެއް ނޫން ކަމަށާ މަނަލީ އަމަލީ ގޮތުން ވިޔަފާރީގެ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ. އެ މާއްދާގައި ބަޔާންކުރަނީ ފަނޑިޔާރަކު އަމަލީ ގޮތުން ވިޔަފާރީގައި ނޫޅެން ކަމަށާއި އެހެންވެ ފަނޑިޔާރަކު އަމިއްލަ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށް އާއިލާ މީހަކު މެދުވެރިކޮށް ވެސް ވިޔަފާރިކުރުން ވެސް މަނާ ނުކުރާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވިޔަފާރި ކުރި ނަމަވެސް އެއީ ޖިނާއީ ކުށެއް ނޫން ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) އިން ފަނޑިޔާރަކު ވިޔަފާރިކުރުން މަނާނުކުރާ ކަމަށާއި މަނާވަނީ ފަނޑިޔާރަކު އަމަލީގޮތުން ވިޔަފާރީގައި ބައިވެރިވުން ކަމަށް ހައިލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މާއްދާގައި ބަޔާންކުރާ ކަމެއް ކޮށްފިނަމަ އަޅަންޖެހޭނީ ޑިސިޕްލިނަރީ ފިޔަވަޅު ކަމަށެވެ. އަދި ހައިލަމް ސިފަކުރެއްވީ އެއީ ގާނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފުން ކަމަށެވެ.

އަނބުރާ ދައްކާގޮތަށް އަލްހާން އަތުން ނެގި ފައިސާ އަދި ދައްކާފައެއް ނުވާނެ ކަމަށާއި އެ ފައިސާ ލިބުނުހާ އަވަހަކަށް އެ ދައްކާނެ ކަމަށް ހައިލަމް ވިދާޅުވި އެވެ.

ހައިލަމް ވިދާޅުވީ ފުލުހުން މެދުވެރިވެގެން މިހާރު ކުރަމުންދާ މަސައްކަތަކީ ސީދާ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްގެ ނުފޫޒު އޮވެގެން ޒާތީ ވެގެން ކުރާ ކަމެއް ކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355