twitterviber whatsapp telegramfacebookyoutube instagram
2nd August 2026

ބޯޑަރު ހުޅުވާއިރު އޮޕަރޭޝަނުގައި 71 ރިސޯޓް އޮންނާނެ

Jun 25, 2020

ކޮވިޑް-19 ގުޅިގެން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު އަންނަ ޖުލައި މަހު 15 ވަނަ ދުވަހު ހުޅުވަން ހަމަޖެހިފައިވާއިރު އޮޕަރޭޝަންގައި 71 ރިސޯޓް އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބޯޑަރު ހުޅުވާނެ ތާރީހު އިއުލާނު ކުރުމުގެ ކުރިން ވެސް 41 ރިސޯޓެއް ޖުލައި މަހުގެ ފަހުކޮޅު ހުޅުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ކުރިން 147 ވުރެ ގިނަ އޮޕަރޭޓް ކުރަމުން ދިޔަކަމަށާއި ބޯޑާރު ހުޅުވާލާއިރު ދެބައިކުޅަ އެއްބައި ރިސޯޓް އޮޕަރޭޝަނަށް ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބާކީ ހުރި ރިސޯޓުތައް އޮގަސްޓް މަހު ހުޅުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ރާއްޖެއަށް އުދުހޭނެ ކަމުގެ ޔަގީންކަން 11 އެއާލައިނަކުން ދީފައިވާ ކަމަށެވެ.

ބޯޑަރު ހުޅުވާ ދުވަހު ފަތުރުވެރިންނާއެކު ތިން ފްލައިޓެއް ރާއްޖެ އާދެ އެވެ. އެހެންވެ އެ މުއްދަތުގެ ކުރިން ހުޅުވާ ރިސޯޓްތަކުގެ މައުލޫމާތު މިހާރު އެއްކުރަމުން އެބަދެ އެވެ. އަދި ރާއްޖޭގައި އޮޕަރޭޓް ކުރާ ހުރިހާ ރިސޯޓްތައް ހުޅުވާ ތާރީހުތައް މިހާރު އަންގަން އެދިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355