twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަންނަ އަހަރު މެއި މަހާ ހަމައަށް ރިސޯޓުތަކުގެ 51 ޕަސެންޓް ދިވެހި މުވައްޒަފުންނަށް ހެދޭނެ

ޚަދީޖާ އާދަމް
Jun 25, 2020

އަންނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަސް އަންނަންވާ އިރަށް ރިސޯޓުތަކުގައި ދިވެހިން ވަޒީފާ އަދާކުރާ ނިސްބަތް 51 ޕަސަންޓަށް ހެދުމަށް ސާކިއުލާ އިސްލާހު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރޭ ދަރުބާރުގޭ އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަލީ ވަހީދު ވިދާޅުވީ ކޮވިޑަށް ފަހު ޓޫރިޒަމް އަލުން ފެށުމަކީ ސިނާއަތުގައި ދިވެހިން އިތުރުކުމުގެ މަސައްކަތް ފެށުމަކަށް ހައްދަވާނެ ކަމަށެވެ.

މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ސާކިއުލާ އޮތް ގޮތުން ކޮންމެ ރިސޯޓަކުން ވެސް ވަޒީފާގައި ދިވެހިންގެ 45 ޕަސަންޓު މުވައްޒަފުން ހިމެނުމަކީ މަޖުބޫރު ކަމެކެވެ. އަދި ބިދޭސީ މުވައްޒަފުންގެ ޕަސަންޓަކީ 55 އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަަރުގެ މަސައްކަތްތެރިންގެ ދުވަސް އަންނަވާ އިރު ޓޫރިޒަމްގެ މާސްޓާ ޕްލޭން ވެސް އެކުލަވާލެވި ދިވެހިން އިތުރުކުރުމަށް ހަދާ ދިރާސާ ވެސް ނިމޭނެ ކަމަށެވެ.

ސާކިއުމާ އިސްލާހު ކުރުމަށް ސިނާއަތުގެ ބޭފުޅުންނާ އެކު މަޝަވަރާތައް ފެށި ކޮންސަލްޓެންސީ ފާމަކާ އެކު ދިރާސާތައް ހެދުމުންދާ ކަމަށްވެސް މިނިސްޓަރު ވަނި ވިދާޅުވެފަ އެވެ.

އެ ބަދަލާ އެކު 5،000 ދިވެހިން މި ސިނާއަތަށް އިތުރު ކުރެވޭނެ ކަމަށާއި އަމާޒަކީ ރިސޯޓުތަގައި 51 ޕަސެންޓް ދިވެހިންގެ މެޖޯރިޓީ ހާސިލް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރިސޯޓުތަކުގައި ދިވެހީން އުޅޭ ނިސްބަތާ ގުޅޭ ގޮތުން އެ މިނިސްޓްރީ އިން ކުރިން ހެދި އޮޑިޓް ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 59 ރިސޯޓުގައި ދިވެހިން ތިބޭ ނިސްބަތް ހުރީ 40 ޕަސަންޓަށް ވުރެ ދަށް ކޮށެވެ. އަދި އެ އަދަދު 45-50 ޕަސަންޓާ ދެމެދު 46 ރިސޯޓު އޮތް އިރު، 35 ރިސޯޓުގައި ދިވެހިން ވަޒީފާ އަދާ ކުރާ އަދަދު 55 ޕަސަންޓަށް ވުރެ މަތި ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 15 ގަ އެވެ. އެދުވަހު ތިން ފްލައިޓެއް އައުމަށް ހަމަޖެހިފައިވާ އިރު، ޓޫރިޒަމް ހުޅުވާލުމުގެ ތާރީހު އިއުލާނު ކުރުމުގެ ކުރިން 41 ރިސޯޓަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355