twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވަނި އިމާރާތުގެ ކުއްޔަށްވާ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އޮއިވާލި ކޮންސްޓްރަކްޝަންގެ މައްޗަށް ހުކުމްކޮށްފި

ޚަދީޖާ އާދަމް
Jun 25, 2020
7

ކުޅުދުއްފުށީގައި ހުންނަ ރައްޔިތުންގެ އިމާރާތެއް ކަމަށްވާ "ވަނި އިމާރަތް" އިމާރާތުގެ ކުލި ކުޅުދުއްފުށީ ކައުންސިލަށް ލިބެމުން ނުދާތި 2018 ވަނަ އަހަރު ފެބްރުއަރީ މަހު ކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމް އިއްވާ އެއިރު ވަނި އިމާރާތް ހިންގަމުން އައި ފަރާތުން ކައުންސިލަށް ދައްކަން ޖެހޭ ދެ ލައްކަ ރުފިޔާ ދެއްކުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

ކޯޓުން އިއްޔެ ކުރި ހުކުމުގައި ވާގޮތުން ވަނި އިމާރާތް 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ހިންގަމުން އައިސްފައިވަނީ ކުޅުދުއްފުށި އޮއިވާލި ކޮންސްޓްރަކްޝަން ކާންޕެންޓްރީން ކަމަށާއި އެ ކޮންޕެނީގެ މެނޭޖިން ޑިރެކްޓާރ ހދ ކުޅުދުއްފުށީ، ވަގުތު / ޖައުފަރު އަލީ ކުޅުދުއްފުށީ ކައުންސިލާ ދެމެދު ވެފައިވާ އިމާރާތުގެ އެއްބަސްވުމުގައި ވާގޮތަށް އެ އިމާރާތުގެ ކުލީ ފައިސާއާއި ޖޫރިމަނާ ފައިސާ ދައްކަމުން ގެންގޮސްފައިނުވާކަން އެ ފަރާތުގެ އިއުތިރާފުން އެގެން އޮތްކަން ފާހަގަކޮށްފައި ވެއެވެ.

އަަދި ކުޅުދުއްފުށީ ކައުންސިލާއި އޮއިވާލި ކޮންސްޓްރަކްޝަން ކާންޕެންޓްރީއާއި ދެމެދު ވެފައިވާ އެއްބަސް ވުމުގައި ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ނުދެއްކޭނަަމަ ކުލި ބަލައި ގަންނާނީ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 50.00 ގެ ޖޫރިމަނާއާއެކުގައިކަމަށްވެސް އެއްބަސް ވުމުގައި ބަޔާންކޮށްފައިވާކަމަށާއި އެހެން ކަމުން މި މައްސަލައިގެ ދައުވާ ލިބޭ ފަރާތަށް ޖޫރިމަނާއާއެކު ދައްކަންޖެހި ނުދައްކާ 308،410.00 (ތިން ލައްކަ އަށްހާށް ހަތަރު ސަތޭކަ ދިހަ ރުފިޔާ) ވާކަމަށް ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.

ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުޅުދުއްފުށީ ކައުންސިލަށް އޮއިވާލި ކޮންސްޓްރަކްޝަން ކާޕެންޓްރީން ދައްކަން ޖެހޭނީ ޖޫރިމަނާގެ އަދަދުން ކައުންސިލާއި އޮއިވާލި ކޮންސްޓްރަކްޝަން ކާޕެންޓްރީން ދެމެދު އެއްބަސްވެފައިވާ ގޮތުގެ މަތިން އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 56،400.00 (ފަންސާސް ހަހާސް ހަތަރު ސަތޭކަ) ރުފިޔާ ޔުނިކުރުމަށް ފަހު ބާކީ ދައްކަން ޖެހޭ 252،010.00 (ދެއްލައްކަ ފަންސާސް ދެހާސް ދިހަ ރުފިޔާ) ކަަމަށެވެ.

މި ފައިސާއަކީ އޮއިވާލި ކޮންސްޓްރަކްޝަންގެ ފަރާތުން ކުޅުުދުއްފުށީ / ވަގުތު ޖައުފަރު އަލީ ކުޅުދުއްފުށީ ކައުންސިލަށް ދައްކަން ޖެހޭ ފައިސާއެއްކަން ޖައުފަރު އަލީގެ އިއުތިރާފުން ސާބިތުވާ ދަރަންޏެއްކަން ޝަރީއަތަށް ސާބިތުވާކަމަށާއި މި ފައިސާ 24 ޖޫން 2020 ފެށިގެން ތިން މަސް ދުވަހުގެތެރޭ އެއްފަހަރާ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ދައްކާ ހަލާސް ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އަދި ވަނި އިމާރަތް މިހާރު ކުޅުދުއްފުށީ ކައުންސިލަށް ދައުވާ ލިބޭ ފަރާތުން އަނބުރާ ހަވާލުކޮށްފައިވާތީ އެ އިމާރަތް އަތުލުމާމެދު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމުގައި ކަނޑަޅާފައިވާ ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައި ވެެއެވެ. މިހާރު އެ އިމާރާތް ހިންގަމުންދަނީ އެހެން ފަރާތްތަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355