twitterviber whatsapp telegramfacebookyoutube instagram
23rd February 2026

މަތީ ތައުލީމުގެ ލޯނު 514 ދަރިވަރަކަށް ހަމަޖެހިއްޖެ

Jun 25, 2020

މަތީ ތައުލީމުގެ ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން 514 ދަރިވަރަކަށް ލޯނު ހަމަޖެހިއްޖެ އެވެ.

މިއީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވާލި 550 ސްޓޫޑަންޓް ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކެކެވެ. މި ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފުރަތަމަ ޑިގްރީ އަށް ކިޔަވާ ދަރިވަރުންނަށެވެ. އެގޮތުން، 264 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެ އެވެ.

މިގެ އިތުރުން ލައިސެންސް ކެޓަގަރީން 15 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާއިރު ޑިޕްލޮމާއި 48 ދަރިވަރަކަށް ، މާސްޓާސް 160 ދަރިވަރަކަށް އަދި ޕީއެޗްޑީން 27 ދަރިވަރަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހާހެއްހާ ދަރިވަރުން ލޯނަށް ކުރިމަތިލި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލޯނު ލިބުނު ދަރިވަރުންނަށް ލޯނުގެ ނަތީޖާ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށާއި އަދި މިކަމާ ގުޅުންހުރި ނޮޓިފިކޭޝަންތައް ދަރިވަރުންނަށް މިހާރު ދޫކުރަން ފަށާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355