twitterviber whatsapp telegramfacebookyoutube instagram
19th May 2024

މިނިސްޓަރު އަސްލަމަށް ރުހުން ދޭން ކޮމިޓީން ނިންމައިފި

Jun 27, 2020

ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައި އުފައްދާފައިވާ އާ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމަށް އައްޔަންކުރި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.

މިނިސްޓަރު އަސްލަމަށް މަޖިލީހުން ރުހުން ދިނުމަށް ތަޅުމަށް ގެންދަން ކޮމިޓީން ފާސްކުރިއިރު، ގާނޫނު އަސާސީގައި ބުނާ ގޮތުން ވަޒީރުންގެ މަޖީލިހަށް ނުވަތަ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓްރީއަކަށް މިނިސްޓަރަކު އައްޔަން ކުރުމަށް ފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

އެގޮތުން މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި އަސްލަމަށް ރުހުން ދިނުމަށެވެ.

މިނިސްޓަރު އަސްލަމަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކުރިއިރު، ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށް ތަޅުމުގައި ބަހުސެއް ކުރިއަށް ގެންދާނެ އެވެ. މިނިސްޓަރަށް ރުހުން ދިނުމަށް ފާސްވާނީ އެ ބަހުސަށް ފަހު ތަޅުމުގައި ނަގާ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލަން ރައީސް ނިންމެވީ، ކުރިން ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އައިމިނަތު އާތިފާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355