އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖެ އަލުން ހުޅުވާލާއިރު، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ދޭން އެމްއޭސީއެލް އިން ނިންމައިފި އެވެ.
ޖުލައި 15 އިން ފެށިގެން އަންނަ މާޗުމަހުގެ 26ގެ ނިޔަލަށް ތިން ބަޔަކަށް ބަހާލައިގެން ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން ވީއައިއޭ އަށް ދަތުރުކުރާ ޝެޑިއުލްޑް ފްލައިޓުތަކުން ނަގާ ގްރައުންޑް ހޭންޑްލިން، ނޭންޑިން، ނެވިގޭޝަން އަދި ޕާކިން ޗާޖުން ޑިސްކައުންޓުތަކެއް ދޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ޖުލައި 15 އިން އޮގަސްޓުމަހުގެ ނިޔަލަށް އޮޕަރޭޓު ކުރަން ފަށާ އެއާލައިންތަކަށް، އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް 100 ޕަސެންޓް ޑިސްކައުންޓު ދޭނެ އެވެ.
ސެޕްޓެމްބަރުން ފެށިގެން އޮކްޓޯބަރު 27ގެ ނިޔަލަށް ދަތުުރު ފަށާ އެއާލައިންތަކަށް އެ މުއްދަތުގެ ތެރޭގައި 75 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާއިރު އޮކްޓޯބަރު 28 އިން ފެށިގެން މާޗު 26 ގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ.