twitterviber whatsapp telegramfacebookyoutube instagram
18th August 2026

ސީއެސްސީގެ 4 މެންބަރަކު ވަކިކުރަން ކޮމިޓީން ފާސްކޮށްފި

Jun 29, 2020

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައިފި އެވެ.

ކޮމިޓީން ވަކިކުރަން ނިންމި މެންބަރުންގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަންގެ ރައީސް، ނައިބު ރައީސް އަދި އިތުރު ދެ މެންބަރުންނެވެ.

އެއީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް އާއި، ނައިބު ރައީސް ޝަހީދު މުހައްމަދު އާއި މެމްބަރު ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ކުރިއަށް ގެންދިޔަ އެވެ. މިއަދު ނިންމާފައި ވަނީ އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ވަކިކުރަން ނިންމި ހަތަރު މެންބަރުން ވަކިކުރަން ވެސް ކޮމިޓީގައި ބައިވެރިވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355