twitterviber whatsapp telegramfacebookyoutube instagram
3rd February 2026

މާދަމާ ސަރުކާރު އޮފީސްތައް ހުޅުވާލަނީ

Jun 30, 2020

މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވައި، ކެފޭ ރެސްޓޯރަންޓްތަކާއި ފިހާރަތައް ހިމެނޭގޮތުން ވިޔަފާރިތައް އަލުން ފެށުމުގެ ހުއްދަ ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ކުރެއްވި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ މަސައްކަތްތައް ކުރަން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މަސައްކަތްތައް މާދަމާ ނިމުމަކަށް އަންނާނެ ކަމަށެވެ. އާ މަރުހަލާގައި، އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ނިއު ނޯމަލްގެ ގަވާއިދުތަކުގެ ދަށުން، މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް އަލުން ހުޅުވޭނެ. އަދި ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތައް ހިމެނޭގޮތުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް އަލުން ފެށުމުގެ ހުއްދަ ދެވޭނެ،" ރައީސް ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށާއި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކޮއްފައި އޮތްނަމަވެސް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަ ކުރުމަށް މަދު މުވައްޒަފުން ނެރެގެން ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި ގިނަ އޮފީސްތަކުން އޮންލައިންކޮއް ދެވެން ހުރި ހިދުމަތްތައް ވެސް ދިޔައީ ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355