twitterviber whatsapp telegramfacebookyoutube instagram
8th January 2026

ކުޅުދުއްފުއްޓާއި އައްޑޫއާ ދެމެދު މޯލްޑިވިއަނުން ސީދާ ދަތުރުތައް ފަށަނީ

ނަބީލާ އިސްމާޢީލް
Jun 30, 2020
2

ކުޅުދުއްފުށީ ސިޓީ އައީ އައްޑޫ ސިޓީ އާ ދެމެދު ސީދާ ދަތުރުތައް ފަށަން ގައުމީ އެއާލައިން، މޯލްޑިވިއަނުން ތައްޔާރުވެއްޖެ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބުނީ އައްޑޫ އާއި ކުޅުދުއްފުށްޓާއި ދެމެދު ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުތައް މޯލްޑިވިއަންގެ މި ހަފްތާގެ ޝެޑިއުލްގައި ހިމަނާފައިވާ ކަމަށެވެ.

އެގޮތުން ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުދުއްފުށިން އައްޑޫ ސިޓީގެ ގަމަށް އަދި ހޮނިހިރު ދުވަހު އައްޑު ސިޓީ ގަމުން ކުޅުދުއްފުއްޓަށް މޯލްޑިވިއަން އިން ދަތުރު ކުރުމަށް ވަނީ ޝެޑިއުލް ކޮށްފައެވެ. މި އާ ރޫޓުގެ ކޮޅެއްގެ ޓިކެޓުގެ އަގަކީ 1444 ރުފިޔާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.

އެ ދަތުރުތަކުގައި މަތިންދާބޯޓަށް ތެޔޮ އަޅަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވިއްސަކަށް މިނެޓް މަޑުކުރާނެ އެވެ. އެ ވަގުތުގައި ޕަސިންޖަރުން ތިބޭނީ ބޯޓުގަ އެވެ.

މިއީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން މި ދެ ސަރަހައްދުގައި އިޤްތިޞާދީ ހަރަކާތްތަކެއް ހިންގޭނެ މަގު ފަހިކުރުމުގެ ގޮތުން ޝެޑިއުލްކުރާ ދަތުރުތަކެއްކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.

ކޮވިޑް-19 އަށް ދަތރުތައް މެދުކަނޑާލާފައި އޮތުމަށްފަހު މާދަމާއިންފެށިގެން އަލުން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355