twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ނަބީލާ އިސްމާޢީލް
Jul 1, 2020

ހއ. ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި 12،768 ކިއުބިކް މީޓަރުގެ ސަރަހައްދެއް ނެރު ފުންކޮށް މޫރިންގް ބޮއި އިންސްޓޯލްކުރުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި ބަނދަރުގެ ދެވަނަ ފިޔަވަށްސަށް ބޭނުންވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަ ށެވެ.

އެމްޓީސީސީން ބުނީ 17.4 މިލިއަން ރުފިޔާގެ މި މަޝްރޫއު އެ ކުންފުންޔާ ހަވާލުކޮށްފައިވަނީ 410 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށެވެ.

ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 30 ވަނަ ދުވަހު އެވެ. އަދި މަަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު 13 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355