twitterviber whatsapp telegramfacebookyoutube instagram
23rd April 2025

އިދިކޮޅުން ހިޔާ ޕްލެޓްތައް ދައްކާލުމަށް އެދެފި

Jul 2, 2020
1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި އެޅި ހިޔާ ފްލެޓްތައް ބަލައިލުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެޗްޑީސީގައި އެދިއްޖެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހިޔާ ފްލެޓްތަކާ ގުޅިގެން އާންމުންގެ ހުރި ބައެއް ކަންބޮޑުވުންތައް އެ ކޯލިޝަނާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އިދިކޮޅުން ބުނީ ފްލެޓްތައް ބަލައިލަން ކޯލިޝަނުން ދާނީ 30 މެމްބަރުންގެ ޓީމެއް ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7،000 ފްލެޓްގެ ހައުސިން ޔުނިޓް އެޗްޑީސީން މިދިޔަ ހަފުތާގައި ވަނީ އެޗްޑީސީން ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އޭގެ ފަހުން މީޑިއާގައި އެތަނާ ބެހޭ ގޮތުން ކުރި ރިޕޯޓްތަކަށް އެކި ގޮތްގޮތަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އާންމުންގެ ޝަކުވާތައް ލިބިފައި ވާތީ ހިޔާ ފްލެޓްތައް ބަލައިލަން އިދިކޮޅު ކޯލިޝަނުން ބޭނުންވާ ކަމަށާއި އަންނަ އާދިއްތަ ދުވަހަށް އެ ފުރުސަތު ހަމަޖައްސައިދިނުމަށް އެދޭ ކަމަށް ސިޓީގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355