މާދަމާއިން ފެށިގެން ވޯކް ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ
އެގޮތުން ކޮވިޑް-19 އާ ގުޅިގެން މިހާރު އާންމު ހާލަތަކަށް ރުޖޫއަ ވާއިރު ހިދުމަތް ފޯރުކޮށްދިނުމަށް ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ މުއައްސަސާގެ ހިދުމަތްތައް އޮންލައިންކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ވިސާ ފީ ބަލައިގަތުމުގެ މަސައްކަތް އޮންލައިންކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މާދަމާއިން ފެށިގެން އޮންލައިންކޮށް ފީ ބަލައިގަންނަން ފަށާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުން ކޮވިޑާއި ގުޅުގެން ސަރުކަރު އޮފީސްތައް ބަންދު ކުރުމުން ޓޫރިސްޓު ވިސާ، ޑިޕެންޑެންޓު ވީސާ، ވޯކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކުރުމާއި ވިސާއަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރުމުން މާޗު 19 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން ވިސާ ފީގެ ޖޫރިމަނާގެ ފައިސާ ދައްކަން ނުޖެހޭނެކަމަށް އިމިގްރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.