twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރަށްރަށަށްދާ މީހުންނަށް ހުއްދަ ދެނީ ކައުންސިލްތަކުން

ނަބީލާ އިސްމާޢީލް
Jul 5, 2020

މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ދޫކުރާނީ އެ މީހަކު ދާ ރަށެއްގެ ކައުންސިލުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްއީއޯސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ހާލުބެލުން ޕޯޓަލްގައި ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު 793 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި މި މީހުންނަށް ހުއްދަ ދޫކުރުމާއި ގުޅޭ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން އިއްޔެވެސް 145 މީހަކު އެ ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެދިފައިވާކަމަށާއި 75 މިހާކަށް ހުއްދަ ދީފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މި ޕޯޓަލް މަސައްކަތްކުރާ ގޮތަށް އާދިއްތަ ދުވަހުން ފެށިގެން ވަނީ ބަދަލުތަކެއް ގެނެވިފައިކަމަށާއި މާލޭގައި ތިބި މީހުން ރަށަށް ދާން ރަޖިސްޓްރީ ކުރުމުން ސިސްޓަމް ތެރެއިން ރިކުއެސްޓް ދާނީ ސީދާ ކައުންސިލަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ލީގަލް ޑޮކިޔުމަންޓް ހޯދުމަށް އެދޭކަމަށެވެ. އެހެންކަމުން ލީގަލް ޑޮކިޔުމަންޓް ހޯދުމަށް އެދޭއިރަށް އެ ޑޮކިޔުމަންޓް ދޫކުރުމުގައި ދަތިތަކެއް ހުރިކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެޑޮކިޔުމަންޓް ދޫކުރުމަށް 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ މުއްދަތެއް ނަގާނެކަމަށާއި ދަތުރަށް ޓިކެޓްނަގާ ދަތުރުގެ ކަންކަން ހަމަޖައްސާއިރު އެމުއްދަތަށް ބެލުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއި ތަކެއްދީ ރަށްރަށުގައި ތިބޭ މީހުންނަށް އެއްވެސް ހުއްދައަކާއި ނުލާ މިހާރު މާލެ ދެވޭނެ ގޮތްވެސް ވަނީ ހަދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355