އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ސިޓީގެ ޕޯޓުތަކަށް ގެންނަ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓް ކުޑަ ކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހުތައް ދިރާސާ ކުރުމަށް މިއަދު މަޖިލީހުގެ ކޮމިޓީ ވަނީ ބާއްވާފަ އެވެ.
އެ ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ އުތުރާއި ދެކުނުގެ ޕޯޓުތަކަށް މުދާ އެތެރެ ކުރުމުން އެ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލާ ގޮތަށް ބިލު އިސްލާހު ކުރާށެވެ.
މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ޗެޕްޓަރުތެރޭގައި މިހާރު 200 ޕަސެންޓް ޑިއުޓީ ނަގާ ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ ތަކެތި ހިމެނެ އެވެ. ނަމަވެސް އައްޑުއާއި ކުޅުދުއްފުށީ ޕޯޓަށް އެތެރެކުރުމުން އޭގެން 50 ޕަސެންޓް ޑިއުޓީ ކަނޑާލާނެ އެވެ.
މި އިސްލާހު ފާސްކޮށްފައިވަނީ 54 މެމްބަރުގެ ވޯޓުން ނެވެ.