twitterviber whatsapp telegramfacebookyoutube instagram
5th August 2026

13 ފަޅުވެރިންނާއެކު މަހަށް ނުކުމެ އުޅުން ދޯންޏެއް ބިންދައިގެން ހިނގައްޖެ

ނަބީލާ އިސްމާޢީލް
Jul 8, 2020

13 ފަޅުވެރިންނާ އެކު ދަތުރުކުރި މަސްދޯންޏެއް މިއަދު ހެނދުނު ބިންދައިގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ ބިންދައިގެން ގޮސްފައި ވަނީ ވޭމަންޑޫ "ދިރުން 4" ނަމަކަށް ކިޔާ 91 ފޫޓުގެ މަސް ދޯންޏެއް ކަމަށެވެ. ދޯނި ބިންދައިގެން ދިޔައީ ތ. ކިނބިދޫގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަ އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 07:10 ގައި ކަމަށެވެ.

ބިންދައިގެން ދިޔަ ދޯނި ކަފު ޖަހާނެ ދޯންޏެއް ހަމަޖެއްސުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355