twitterviber whatsapp telegramfacebookyoutube instagram
19th April 2024

އާންމު ހިދުމަތްދޭ ތަންތަނާއި އޮފީސްތަކުގައި އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބަލަނީ

ނަބީލާ އިސްމާޢީލް
Jul 8, 2020

ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުން އަށް ދިން ލުއިތަކަށް ފަހު އާންމު ހިދުމަތްދޭ ތަންތަނާއި އޮފީސްތައް ހުޅުވާލުމުން އެ ތަންތަނުގައި އަމަލު ކުރަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށްތޯ ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، މާލެ ސަރަހައްދުގެ އާންމު ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަން ކުރިއަށް ގެންދާނީ އަންނަ އާދީއްތަ ދުވަހު ކަމަށާއި މި އިންސްޕެކްޝަންގައި، ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަނަކާއި ސެލޫންތަކާއި ޖިމް އަދި ކަސްރަތު ކްލާސްތަކާއި މާރުކޭޓްތައް ވެސް ބަލާނެ އެވެ.

އޭނާ ވިދާޅުވީ އިންސްޕެކްޝަން ކުރިއަށް ގެންދާނީ އެޗްޕީއޭ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މާލެ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި ރެޑްކްރެސެންޓާއި އެޗްޑީސީ އަދި ވެމްކޯ ގުޅިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރޭގައި ވެސް މިކަން ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރޭގައި ވެސް މިކަން ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މައިގަނޑު ގޮތެއްގައި ބަލާނީ، އެޗްޕީއޭ އިން ކޮންމެ ތަނަކަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ކުރޭތޯ އެވެ. ސަރުކާރުން ދީފައި ހުރީ ކޮން ހުއްދަތަކެއްތޯ އާއި އުސޫލާ އެއްގޮތަށް ގައިދުރުކުރުމާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅާތޯ ވެސް ބަލާނެ ކަމަށް ނާސިރު ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުން އަށް ވަނީ އަމަލުކުރަންވީ ގޮތްތައް އިއުލާނުކުރުމަށްފަހު ލުއިތަކެއް ދީފަ އެވެ.

ރާއްޖެއިން 2501 މީހަކަށް ވަނީ މިހާތަނަށް ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރެއިން 2113 މީހުންވަނީ ރަނގަޅުވެފަ އެވެ. އަދި 12 މީހަކު ވަނީ ބަލީގައި ރާއްޖެއިން މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355