twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަލީ ވަހީދު އިސްތިއުފާ ދޭން ރައީސް އަންގަވައިފި

Jul 8, 2020

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފި އެވެ. އަހުލާގީ މައްސަލަތަކެއްގެ ތުހުމަތު ކުރެވޭތީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަން ރައީސް އަލީ ވަހީދަށް އަންގަވާފައިވަނީ މިރެ އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން އަލީ ވަހީދަށް ރައީސް އެންގެވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެ މަނިކުފާނަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ ކަމަށެވެ.

އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު ފުލުހުން ވެސް އަދި ވާހަކައެއް ނުދައްކަ އެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވި ފަހުން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި، ގައުމަށް ކޮށްދެވުނު ހިދުމަތަށްޓަކައި ފަހުރުވެރިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ކަމަކަށް ސީދާ ވިދާޅުވެފައެއް ނުވެ އެވެ. މި ޓްވީޓާ އެކު އަލީ ވަހީދު ވަނީ "މި ދުވަސް ވެސް ހިނގައިދާނެ" ކަމަށް ލިޔެފައިވާ ފޮޓޯއެއް ޕޯސްޓްކުރައްވައިފަ އެވެ.

މިނިސްޓްރީގެ ވަޒީފާއަށް އަލީ ވަހީދާ ގުޅުންތައް އޮންނަ ގިނަ އަދަދެއްގެ އަންހެނުން ވެއްދުމާއި އަދި އެމީހުންނާއެކު ނުހަމަ ގުޅުންތަކެއް ހިންގުމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. އަދި އޮފީސް މާހައުލުގެ ޖިންސީ ފުރައްސާރައިގެ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ.

މިކަން މިއަދު ދިމާވި އިރު މީގެ ކުރިން އަލީ ވަހީދު، މި ސަރުކާރުގެ ބައެއް އަންހެން ވަޒީރުންނަށް ނިސްބަތްކޮށް ހުތުރު ވާހަކަތަކެއް ދެއްކި އޯޑިއޯތަކެއް ވެސް ވަނީ ލީކް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355