twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގެ އިތުރުން ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމަށް ހިޔާލު ހޯދަނީ

ނަބީލާ އިސްމާޢީލް
Jul 9, 2020

ކުޅުދުއްފުށީ ހިމެނޭހެން އިތުރު ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައި ހިދުމަތް ދިނުމުގެ ނިޒާމު ގާއިމު ކުރާނެ ސަރަހައްދުތައް ކަނޑައެޅުމަށްޓަކައި އެ ރަށްރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގޮތުން ސާވޭއެއް ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

ސޯލާ ޕީވީ ސިސްޓަމް ހަރުކޮށްގެން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއު ހިންގަން ހަމަޖެހިފައި ވަނީ ކުޅުދުއްފުށި ސިޓީގެ އިތުރުން ބ. އޭދަފުށީގައާއި، ޅ. ހިންނަވަރުގައާއި، ގދ. ތިނަދޫ ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީގައި އެވެ.

މިއީ ވޯލްޑް ބޭންކްގެ އެހީގައި އެކްސެލެރޭޓިވް ރިނިއުބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) ޕްރޮޖެކްޓްގެ ދަށުން އެންވަޔަރަމެންޓް މިނިސްޓްރީން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ބައެއް ނޫސްތަކަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ރިނިއުބަލް އެނާޖީ އެވެއާނެސް އޮފިސަރު އިފާދު ވަހީދު ވިދާޅުވީ އެ މަޝްރޫއުއަކީ ވޯލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫއަކަށްވާއިރު ވޯލްޑް ބޭންކްގެ މިފަދަ މަޝްރޫއުތައް ފެށުމުގެ ކުރިން މަޝްރޫއު ހިންގާ ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަކީ މިހާރު ލާޒިމު ކަމެއް ކަމަށެވެ.

ސޯލާ ޕީވީ ސިސްޓަމް ހަރުކުރާ ރަށެއްގެ ކައުންސިލާއި ގުޅިގެން ސާވޭ ފޯމެއް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ކައުންސިލްތަކާ މަޝްވަރާ ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355