twitterviber whatsapp telegramfacebookyoutube instagram
11th June 2025
ކުޅުދުއްފުށީ ބަނދަރުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ--

ނޮޅިވަރަމް މީހައާއެކު ފްލައިޓްގައި އިތުރު 5 މީހަކު ދަތުރުކޮށްފައިވޭ

- ކުޅުދުއްފުށީ މަގުން ދަތުރުކުރި ފްލައިޓެއް
- ބަނދަރަށް ދިޔައީ ޓެކްސީތަކުގައި
- ފްލައިޓްގައި ހަތަރު ރަށަކަށް ނިސްބަތްވާ މީހުން ތިބި

އަބްދުލް ވާހިދު ޙަސަން
Jul 9, 2020
1

ހދ ނޮޅިވަރަމުން ކޮވިޑް-19 އަށް ޕޮޒިޓިވް މީހައާ އެ ފްލައިޓްގައި އިތުރު ފަސް މީހަކު ދަތުރުކޮށްފައިވާ ކަމަށް ކޭއޯއަށް އެނގިއްޖެ އެވެ. ނޮޅިވަރަމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށަށް ދިޔަ މީހެކެވެ. 33 އަހަރުގެ އެ މީހާ ހުރީ ހޯމް ކަރަންޓީނުގައި އެވެ.

މިމަހު 6 ދުވަހު ކުޅުދުއްފުއްޓަށް އައި އެ ޕްލައިޓްގައި ނޮޅިވަރަމް މީހައާއެކު އިތުރު ފަސް މީހަކު ދަތުރުކޮށްފައިވެ އެވެ. މައުލޫމާތު އެނގޭ މީހަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ 6 މީހުންގެ ތެރެއިން ތިން މީހުން ނިސްބަތްވަނީ ނޮޅިވަރަމަށް ކަމަށެވެ. ޕޮޒިޓިވް މީހަކީ އެރަށު ކައުންސިލް އިދާރާގެ މުވައްޒަފެކެވެ.

ނޮޅިވަރަމަށް ނިސްބަތްވާ ތިން މީހުންވެސް ބަނދަރަށް ގޮސްފައިވަނީ އެއް ޓެކްސީއެއްގައި އެވެ. އަދި އެ މީހުން ނޮޅިވަރަމަށް ގޮސްފައިވަނީ އެރަށު ލޯންޗެއްގައިކަމަށް މައުލޫމާތުލިބެ އެވެ. ބާކީ ތިން މީހުންގެ ތެރެއިން އެކަކަކީ ކުޅުދުއްފުށީގައި ހަދަމުންދާ ބަނދަރުގެ މަސައްކަތްތަށް އައި އެމްޓީސީސީ މުވައްޒަފެކެވެ. އެ މީހާވެސް ހުރީ ހޯމް ކަރަންޓީނުގައި އެވެ.

ދެން ތިބި ދެ މީހުންނަކީ ކުރިނބީއަށް ނިސްބަތްވާ މީހަކާއި ނޭކުރެންދޫއަށް ނިސްބަތްވާ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންވެސް ބަނދަރަށް ގޮސްފައިވަނީ ޓެކްސީތަކުގައި އެވެ. ފްލައިޓްގައި މީހުން ގެންނައިރު ގައިދުރުންކަން ބެހެއްޓިނަމަވެސް ޓެކްސީތަކުގައި އެގޮތަށް އަމަލުނުކުރާކަން ފާހަގަކުރެވެ އެވެ.

ކުޅުދުއްފުށީގައި ދަތުރުކުރާ ޓެކްސީތަކުގައި ޑްރައިވަރުންނާ މީގެ ކުރިން ކައުންސިލުން ބައްދަލުކޮށް ކޮވިޑް-19 މިހާލަތުގައި އަމަލުކުރާނެ އުސޫލުތައް ކިޔާދިންނަމަވެސް އެކަން އެގޮތަށް ޓެކްސީތަކުން އަމަލުނުކުރާކަން ފާހަގަކުރެވެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com