ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް ނުކުރުމަށް ހދ ފިނޭ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ފިނޭ ކައުންސިލުން މިގޮތަށް އިލްތިމާސް މިކުރީ އެއަތޮޅު ނޮޅިވަރަމުން ކޮވިޑް 19 ޖެހިފައިހުރި މީހަކު ފެނުމުން އެކަމާ ރައްކާތެރިވުމުގެ ގޮތުންކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.
އެރަށު ކައުންސިލުން ނެރުނު ދެންނެވުމުގައި ބުނެފައިވަނީ އަތޮޅުގެ ރަށަކުން ކޮވިޑް-19 ގެ ބަލި މީހަކު ފެނުމާ ގުޅިގެން އެ އިދާރާއިން ވަކިގޮތެއް ކަނޑައަޅަދެން ކުޅިވަރު ކުޅުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމާއި އެހެން ރަށްރަށުގެ ޓީމްތައް އެރަށަށް ގެނައުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
އަދި މިދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި ކޮންމެހެން ރަށުން ބޭރަށް ދާން ޖެހިއްޖެނަމަ ރައްކާތެރިކަމުގައި ފިޔަވަޅުތައް އަޅައިގެން ދަތުރުކުރުމަށް އެ ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.