ޓުއަރިޒަމް މިނިސްޓްރީ ހިންގުން ވަގުތީގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާ ހަވާލުކޮށްފި އެވެ.
މިނިސްޓަރު ފައްޔާޒަށް ޓުއަރިޒަމް މިނިސްޓްރީ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެމަގާމުން މިއަދު ވަކިކުރުމަށްފަހުއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މިނިސްޓްރީ އޮފް ޓުއަރިޒަމް ވަގުތީގޮތުން ހިންގުން މިނިސްޓަރު ފައްޔާޒާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކޮށްފައި މިވަނީ އޭނާ ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް އެވާހަކަތައް ކިޔައިދީފަ އެވެ.