ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދިނުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަލީ ވަހީދަށް އަންގައިފި އެވެ.
މި އެންގުމާ އެއްގޮތަށް އަލީ ވަހީދު މިހާތަނަށް އަދި އިސްތިއުފާ ދެއްވާފައެއް ނުވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މަގާމުންވެސް އިސްތިއުފާ ދިނުމަށް ރޭ ރައީސް އެންގެވި އެންގުމާއި އެއްގޮތަށް އިސްތިއުފާ ދެއްވާފައި ނުވާތީ މިއަދު ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ.
އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވަކި ކުރުމަށް އެ ޕާޓީގެ ކައުންސިލަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
އޭނާއަށް މިނިސްޓަރު ކަމުން އިސްތިއުފާ ދިނުމަށް އެންގީ ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ޖިންސީ ގޯނާގެ ތުހުމަތުކުރުމާއި ގުޅިގެންނެވެ.
މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް ފޯނު ގުޅުއްވައި އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ.