twitterviber whatsapp telegramfacebookyoutube instagram
11th November 2026

ގިނަ ދުވަސްވެފައި ހުރި 4،924 ކުންފުންޏެއް އުވާލައިފި

Jul 10, 2020

އިކޮނޮމިކް މިނިސްޓްރީން ރާއްޖޭގެ 4924 ކުންފުންޏެއް އުވާލައިފި އެވެ.

އެ ކުންފުނިތައް އުވާލީ ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަކުރުމަށްފަހުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވެއެވެ.

އުވާލި ކުންފުނިތަކުގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ އާންމުކޮށް ޝާއިއުކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ސަރުކާރުން ކުންފުނީގެ ގާނޫނަށް ގެނައި އިސްލާހާ އެކު، އެކި ސަބަބުތަކާ ހުރެ 1970 ވަނަ އަހަރުން ފެށިގެން އުވާނުލެވި ގިނަ ދުވަސްތަކެއް ވެފައި ހުރި 5،000 އެއްހާ ކުންފުނި އުވާލެވިފައިވާ ކަމަށެވެ.

ކުންފުނިތައް އާންމުކޮށް އުވާލަނީ އަހަރީ ފީ ނުދެއްކުންފަދަ މައްސަލަަތަކާ ގުޅިގެންނެވެ. މިދިޔަ ފެބްރުއަރީމަހު ވެސް 35 ވިޔަފާރިއެއް ވަނީ އަހަރީ ފީ ނުދައްކައިގެން އުވާލާނެކަން އިއުލާންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293