twitterviber whatsapp telegramfacebookyoutube instagram
31st May 2026

ނޮޅިވަރަމުން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

Jul 10, 2020
2

ނޮޅިވަރަމުން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ނޮޅިވަރަމުން ޕޮޒިޓިވްވި ދެެވަނަ މީހާއެވެ.

ނޮޅިވަރަމް އިން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ މާލެ އިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. ފަހުން ޕޮޒިޓިވްވެފައި މި ވަނީ އޭނާގެ ބޭބެއެވެ.

ކޭއޯއަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ އެމީހުންނާއި އެކު އެ ފްލައިޓުން ނޮޅިވަރަމްގެ ތިން މީހުން ދަތުރުކުރި ކަމަށާއި އެމީހުން ފުރަތަމަ ކަރަންޓީން ވެފައިވަނީ އެއްކޮށް ކަމަށެވެ. ނަމަވެސް މި ވަގުތު 3 މީހުންވެސް ތިބި ވަކިންނެވެ.

އެ ތިން މީހުންވެސް ކުޅުދުއްފުއްޓަށް ފޭބުމަށް ފަހު ބަނދަރަށް ގޮސްފައިވަނީ ޓެކްސީގައެވެ. ފްލައިޓުން ދަތުރު ކުރި ބާކީ ތިން މީހުންގެ ތެރެއިން އެކަކަކީ ކުޅުދުއްފުށީގައި ހަދަމުންދާ ބަނދަރުގެ މަސައްކަތްތަށް އައި އެމްޓީސީސީ މުވައްޒަފެކެވެ. އެމީހާވެސް މި ވަގުތު ހުރީ ހޯމަ ކަރަންޓީންގަ އެވެ. ދެން އެ ފްލައިޓުން ދަތުރު ކުރީ ނޭކުރެންދޫ މީހަކާއި ކުރިނބީ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންވެސް ބަނދަރަށް ގޮސްފައިވަނީ ޓެކްސީތަކުގައި އެވެ.

ނޮޅިވަރަމުން ފުރަތަމަ ޕޮޒިޓިވްވި މީހާ ރަށަށް ދިޔުމުގެ ކުރިން މާލޭޭގައި ރެންޑޮމް ސާމްޕަލިންގެ ތެރެއިން އޭނާގެެ ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާލިބި ބައްޔަށް ޕޮޒިޓިވްކަން އެޗްޕީއޭ އިން އެންގީ އިއްޔެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355