twitterviber whatsapp telegramfacebookyoutube instagram
8th November 2026

އުރީދޫ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް މާމެންދޫއަށް

Jul 11, 2020

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ލ.މާމެންދޫ އަށް ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނި މާމެންދުއަށް ދޫކުރި ސުޕަނެޓް ބްރޯޑް ބޭންކް ހިދުމަތުގައި 100 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭނެ ކަމަށެވެ.

ޖިންގް ޑައިއުރީދޫގެ މެނޭރެކްޓަރ އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް މާމެންދޫ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެވުމަކީ އުފަލެއް ކަމަށެވެ.

އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފަހިކޮށް އިތުރު ކުރިއެރުން ހޯދާދިނުން. އެގޮތުން އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތާއި އެކު މާމެންދޫ ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިޔަށް އޮތްތަނުގައިވެސް، ރާއްޖޭގެ މުޖުތަމައުތައް ކުރިއަރުވާ، ދިވެހިން އައު ފުރުސަތުތަކަށް ގުޅުވާލަދިނުމުގެ މަސައްކަތް ފަސް ޖެހުމެއްނެތި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އަރުވަން." ނަޖީބް ހާން ވިދާޅުވިއެވެ.

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ހިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެއެވެ. މިގޮތުން، މާމެންދޫ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް ސުޕާނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293