twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޑިމާންޑާ އެއްވަރަށް ޑޮލަރު ލިބޭނެ: ގަވަރުނަރު

ނަބީލާ އިސްމާޢީލް
Jul 11, 2020

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ދިމާވެފައިވާ ދަތިކަމުގައި ވެސް، އެކި ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ދެއްވައިފިއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ބޮޑުތަނުން އުފުލިފަ އެވެ. އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފި ނަމަ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ބުނެ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިކަމާއި ގުޅިގެން ގަވަރުނަރު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް19 ފެތުރުމުގެ ސަބަބުން އެކިގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ހުއްޓުމަކަށް އައުމުން، ޓޫރިޒަމްގެ ސިނާއަތުން ރާއްޖޭގެ ބޭންކިން ނިޒާމަށް ލިބެމުން އައި ޑޮލަރު ސަޕްލައި ހުއްޓިފައިވާ ކަމަށެވެ.

ކޮވިޑުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ތެރެއިންވެސް އެމްއެމްއޭގެ ދައުރު ފުރިހަމައަށް އަދާކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އަލީ ހާޝިމް ވިދާޅުވިއެވެ.

އަލީ ހާޝިމް ވިދާޅުވީ މިހާރުވެސް ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ދޫކުރަމުން އަންނަ ކަމަށެވެ. ރަސްމީ ރިޒާވް ތަންދޭ މިންވަރަކުން ފެސިލިޓީތައް މެދުވެރިކޮށްގެން ވެސް ޑޮލަރު ދޫކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އިގްތިސާދީ ގޮތުން ކުރިމަތިވާ މިފަދަ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެވޭނީ އަމިއްލަ ފަރުދުންނާއި، ދައުލަތުގެ އެކި އިދާރާތަކާއި، ވިޔަފާރިތަކާއި ސިނާއަތްތައް އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ޑޮލަރު ވަންނަ މައި ދޮރައަށި ކަމުގައިވާ ޓޫރިޒަމް އިންޑަސްޓްރީވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355