twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގެސްޓްހައުސް އެސޯސިއޭޝަންގެ އެސްޖީ މަގާމުން ވަކިކޮށްފި

ނަބީލާ އިސްމާޢީލް
Jul 11, 2020

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު އެ މަގާމުން ވަކިކޮށްފިއެވެ.

އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ގެސްޓް ހައުސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުންނާއި ހިންގާ ކޮމިޓީގެ މެމްބަރުކަމުގެ މަގާމުން ސައުދުﷲ ވަކިކުރުމަށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ނިންމާފައިވާކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް ނިންމީ ހިންގާ ކޮމިޓީގެ 14 މެމްބަރުންގެ އިއްތިފާޤުން ކަމަށް އެ ބަޔާނުގައިވެއެވެ.

ބައެއް މީޑިއާތައް ބުނާގޮތުގައި ސައުދުﷲ މަގާމުން ވަކިކޮށްފައިވަނީ އެ އެސޯސިއޭޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގަ އެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމުން ސައުދުﷲ ވަކިކޮށްފައިވާއިރު އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހް ވަނީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީ އަށް މިދިޔަ ޖޫން 23 ވަނަ ދުވަހު ހުށަހެޅުނު، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީ އިން ބެލުމަށްފަހު، ހިންގާ ކޮމެޓީ އަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތްކަމަށްބުނެ އެސޯސިއޭޝަނުގެ ރަައީސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވާފަ އެވެ.

ދާދިފަހުން ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރައްވާފައި އެވެ. އަދި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކުރައްވާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355