twitterviber whatsapp telegramfacebookyoutube instagram
3rd April 2026

ބަގްލަދޭޝްގެ އިތުރު 200 މީހުން މިއަދު ފުރުވާލައިފި

Jul 11, 2020

ބަގްލަދޭޝްގެ އިތުރު 200 މީހުން މިއަދު ފުުރުވާލައިފި އެވެ. އެމީހުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފުރުވާލީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގަ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެކި ސަބަބުތަކާ ހުރެ އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންނަށް ދަނީ ސަރުކާރާއި މޯލްޑިވިއަން އިން ގުޅިގެން ހަފްތާ އަކު ދެ ފަަހަރު ފްލައިޓު ބާއްވަމުންނެވެ.

ސަރުކާރާއި މޯލްޑިވިއަން ގުޅިގެން، ހިންގާ މި އޮޕަރޭޝަނުގެ ދަށުން މިހައިތަނަށް ސައްހަ ލިޔެކިޔުން ނެތް 3000 އަށް ވުރެ ގިނަ މީހުން ވަނީ ފުރުވާލައިފަ އެވެ. ސަރުކާރުން ބުނެފައިވާ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުން ނެތި، 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެ އެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކު އަދި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355