twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެންއައިސީގެ ނައިބް ރައީސާ ދެ މެންބަރުން އިސްތިއުފާ ދީފި

Jul 12, 2020

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ނާއިބް ރައީސާ އެކޮމިޝަންގެ އިތުރު ދެ މެންބަރަކު އިސްތިއުފާ ދެއްވައިފި އެވެ.

އެ ކޮމިޝަންގެ ނައިބް ރައީސް ހައްސާން ހަމީދުގެ އިތުރުން ދެން އިސްތިއުފާ ދީފައިވަނީ އެންއައިސީގެ މެންބަރު ހަދީޖާ އަބްދުﷲ އާއި މެންބަރު އަހުމަދު އަމީނެވެ.

މި ތިން ބޭފުޅުން ވަނީ މަގާމުން އިސްތިއުފާ ދެއްވާ ރައީސް ސޯލިހަށް ސިޓީ ފޮނުއްވާފައެވެ.

މި 3 ބޭފުޅުން އިސްތިއުފާ ދީފައިވާއިރު އެ ކޮމިޝަންގެ ގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެ ކޮމެޓީން އެ ނިންމުން ނިންމީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.

ވަކިކުރަން ނިންމާފައިވަނީ މި 3 ބޭފުޅުންގެ އިތުރުން އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ދެން އިންނަވަނީ މިދިޔަ އަހަރު ނޮވެމްބަރުގައި އެ ކޮމިޝަނަށް މި ސަރުކާރުން އައްޔަން ކުރެއްވި، ކާނަލް (ރޓޑ) އަހްމަދު ޖިހާދު އެވެ.

ހަތަރު މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ފެންނާތީ އެ މެމްބަރުން މަގާމުން ވަކިކުރުމަށް ނިންމައި، އެގޮތަށް ރައީސަށް ލަފާއަރުވަން ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ. ވިސާމްގެ ހުށަހެޅުން މިއަދު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

މި މައްސަލަ ދެން ފޮނުވާނީ ރައްޔިތުން މަޖިލީހުގެ ތަޅުމަށެވެ. އެންއައިސީ އަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނަނީ ރައީސަށެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355