twitterviber whatsapp telegramfacebookyoutube instagram
23rd February 2026

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އިސްތިއުފާދެއްވައިފި

ނަބީލާ އިސްމާޢީލް
Jul 13, 2020

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް އެމަގާމުން އިސްތިއުފާދެއްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝަމީމް މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ޝަމީމް އިސްތިއުފާ ދެއްވީ ޝަމީމް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސީއެސްސީގެ ހަތަރު މެމްބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސީއެސްސީގެ ރައީސް އިސްތިއުފާ ދެއްވާފައިވާކަން އަންގަވާ މަޖިލީހުގެ އިދާރާއަށް މިއަދު ހެނދުނު ސިޓީ އެއް ފޮނުއްވާފައިވާކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާގައި ދެން ވޯޓަށް އަހާނީ ބާކީ ހުރި ނަންތަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސީއެސްސީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މެމްބަރު ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު ވަކިކުރަން ކޮމެޓީން ނިންމީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355