twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބިދޭސީން ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން ކުއްލި މައްސަލައެއް

ނަބީލާ އިސްމާޢީލް
Jul 13, 2020

ރާއްޖޭގައި ބިދޭސީން ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ފަހަކަށް އައިސް ބިދޭސީ މަސަކަތްތެއިން މުޒާހަރާކޮށް ހަމަނުޖެހުން ހިންގަމުންއަނަންނަނީ އެ މީހުން ލައްވާ މަސައްކަތް ކުރުވާފައި ދޭންވާ މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާތީ އާއި، އެމީހުންގެ އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ގޮތަކަށް، އެމީހުންނަށް ވަޒީފާ ދިން ފަރާތްތަކުން އަމަލުކުރަމުން އަންނަ ކަމަށް ބުނެ އެވެ.

ބިދޭސީންގެ ހަމަނުޖެހުންތަކާ ގުޅިގެން މިއަދު މަޖިލީގަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ވަނީ ގޮވާލާ ކަމަށެވެ.

އަދި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެވެފައިވާގޮތް ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރާ ދައުލަތުގެ އިދާރާތަކަށް ވަނީ ގޮވާލައްވައިފައެވެ.

ގަވާއިދާއި ހިލާފަށް އުޅޭބިދޭސީން ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލައި އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ގެއްލުންދީ މުޒާހަރާ ކުރާ ހިސާބަށް ދިއުމަކީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ހަލީމްވަނީ ސިފަކުރައްވާފައެވެ. އަދި މިކަން ހައްލުކުރުމުގައި އިމިގްރޭޝަނުން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވިފައި ނުވާ ކަމަށާއި، ފިޔަވަޅު އަޅާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަހުގެ ދެވަނަ ދުވަހު ބ. ބޮޑުފިނޮޅުގައި މުސާރަ ނުދޭތާ 7 މަސް ވެފައިވާކަމަށް ބުނެ ހިނގި ހަމަނުޖެހުމުގައި ބިދޭސީން ވަނީ ފުލުހުންނަށް ހަމަލާދީ، ދިވެހިންތަކެއް ރަހީނުވެސް ކޮށްފަ އެވެ. ހުޅުމާލޭގައި ވެސް މިއަދު ހިނގި މުޒާހަރާއެއްގައި ވަނީ ފުލުހުން ގެއްލުން ވެފަ އެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް 3000 އަށް ވުރެން ގިނަ ބިދޭސީން މިހާތަނަށް ފޮނުވާލައިފި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355