twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހޮސްޕިޓަލުތެރޭގައި އުޅެވޭނީ މާސްކް އަޅައިގެން: ކޭއާރުއެޗް

އަބްދުލް ވާހިދު ޙަސަން
Jul 13, 2020
2

އަތޮޅުތެރޭގެ ބައެއް ރަށްތަކުން ކޮވިޑް-19 ފެނުމާއެކު އަނެއްކާވެސް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ. ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށުމާއެކުވެސް އެ ހޮސްޕިޓަލުގެ ފިޔަވަޅުތައް ވަރުގަދަ ކުރި އެވެ. ނަމަވެސް ފަހުން ކޮންމެވެސް ވަރެއްގެ ލުއިތަކެއް ފަހުން ދިނެވެ.

އުތުރުގެ މައި ހޮސްޕިޓަލް، ކޭއާރުއެޗުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އުތުރުގެ ސަރަހައްދުތަކުން ކޮވިޑް-19 ފެނުމާ ގުޅިގެން އެ ހޮސްޕިޓަލުގެ ބައެއް ކަންތައްތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ބަލި މީހުންނަށް ޒިޔާރަތްކުރުންބ ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އަދި ކޮންމެހެން ހޮސްޕިޓަލަށް އަންނަ ޖެހިގެން ނޫނީ ނުދިޔުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ. މީގެ އިތުރުން އެޑްމިންޓް ކުރެވިފައިވާ ބަލިމީހުންގެ ގާތުގައި ތިބެވޭނީވެސް " ރިލޭޓިވް ފާސް" އޮންނަ ފަރާތްތަކަށް އެކަނިކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ދަނޑިވަޅުގައި ސިއްހީ އެހީތެރިންދެމުންދާ އިރުޝާދާތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައި އަމިއްލަ ރައްކާތެރިކަމާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކާ ހޮސްޕިޓަލުގެ ތެރޭގައި އުޅެވޭނީ މާސްކް އަޅައިގެން ކަމަށެވެ. އަދި ހޮސްޕިޓަލުގައި އުޅޭއިރު ގައިދުރުކަން ގެންގުޅުމަށްވެސް އެހޮސްޕިޓަލުން ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355