twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީގައި ހިންގަން ހަމަޖެހިފައިވާ އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫއުއާ ގުޅޭ ގޮތުން އާންމުގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

Jul 13, 2020
1

ކުޅުދުއްފުށި ސިޓީގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓާ ގުޅޭ ގޮތުން އާންމުގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން އާންމު ކުރި ލިޔުމެއްގެ ބުނެފައިވަނީ ކުޅުދުއްފުށީގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ޕްރޮޖެކްޓްގެ ސްޓޭކްހޯލްޑަރުން ބޭނުންވާކަމަށާއި އެހެންވުމުން ގޫގުލް ފޯމް މެދުވެރިކޮށް ޕްރޮޖެކްޓާ ގުޅޭ ހިޔާލު ހޯދުމުގެ ސާރވޭ ވީހާ ވެސް ގިނަ ރައްޔިތުން ފުރިހަމަ ކޮށްދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

📢 ހދ. ކުޅުދުއްފުށީގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓާ ގުޅޭ ގޮތުން އާންމުންގެ...

Posted by Kulhudhuffushi Council on Monday, July 13, 2020

އެކްސެލަރޭޓިން ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ "އެރައިޒް" މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މިސާރވޭއަކީ ވޯލްޑް ބޭންކް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީސިޓީގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމާއި، ބެޓަރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާއި ރަށުގެ ކަރަންޓު ވިއުގަރގެ ފެންވަރު ރަނގަޅު ކުރުމާމެދު އާންމުގެ ހިޔާލު ހޯދުމުގެ ގޮތުން ކުރިއަށް ގެންދެވޭ ސާރވޭއެއްކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

މި ސާރވޭގައި ހިއްސާކުރާ މައުލޫމާތުގެ ހަމައެކަނި ބޭނުންކުރާނީ ދިރާސާގެ ބޭނުމުގައި އެކަނިކަމަށާއި އަދި ސާރވޭގެ ބޭނުމަށް ހިއްސާކުރާ އެއްވެސް ޒާތީ މުއާމަލާތްތަކާއި ސާރވޭއަށް ފޯމް ފުރާ މީހުންގެ މައުލޫމާތުގެ އާއްމުނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓްރީން އަރުވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355