twitterviber whatsapp telegramfacebookyoutube instagram
1st August 2026

13 ކެންޑިޑޭޓެއްގެ ނަން އަނބުރާ ނަގައިފި

Jul 13, 2020

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 13 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކޮމިޝަނުން ބުނީ މިއަދުގެ ނިޔަލަށް 13 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. 13 ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

ދެން ހިމެނެނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ކެންޑިޑޭޓުންނެވެ. އެ ކޮމިޝަނުން ގެންދަނީ ކޮންމެ ހަފްތާއަކުވެސް ނަން ނަގާ ކެންޑިޑޭޓުންގެ މައުލޫމާތު ގެޒެޓް ކުރަމުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355