twitterviber whatsapp telegramfacebookyoutube instagram
17th May 2025

ފުރުން މަނާކޮށް އަދީބު ޕާސްޕޯޓް ހިފެހެއްޓުމަށް އެދޭނަން: ޕީޖީ

ޚަދީޖާ އާދަމް
Jul 14, 2020

އަދީބު ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓުމަށް ހައިކޯޓުގައި އެދޭނެ ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދީބުގެ މައްޗަށް ކުރި ދައުވަތައް ބާތިލް ކުރުމާއި ގުޅިގެން ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނީ ގޮތުން ބަލައިނުގަނެވޭ ކަމަށާއި އެ ނިންމުން ނިންމީ ޖިނާއީ އިޖުރާއާތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ އެކު، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއްގެ ދަށުން ގޭ ބަންދުގައި ހުންނެވި އަދީބު އެއްކޮށް މިހާރު ވަނީ މިނިވަން ވެފަ އެވެ.

ޝަމީމް ވިދާޅުވީ އަދީބު ބަންދު ކުރުމުގެ އަމުރަކަށް އަލުން އެދިވަޑައިގަންނަވާނީ ހައްޔަރު ކުރަންޖެހޭ ސަބަބެއް އޮވެއްޖެ ނަމަ އެވެ. ނަމަވެސް އަދީބު ފުރުން މަނާ ކުރުމުގެ އަމުރަކަށް އެދޭނެކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ފަހުން އަދީބުގެ މައްޗަށް އުފުލާފައިވަނީ ވަރަށް ބޮޑެތި ސީރިއަސް ދައުވާތަކެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިން ވެސް ހިމެނެ އެވެ. މި ދައުވާތަކަކީ އަދީބާއެކު ޕީޖީ އޮފީހުން އެކުލަވާލި އެއްބާރުލުންދިނުމުގެ އެއްބަސްވުމުގެ ދަށުން އުފުލި ދައުވާތަކެކެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ ފަދަ އިއުތިރާފު އެއްބަސްވުމެއް ހަދާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355