twitterviber whatsapp telegramfacebookyoutube instagram
18th August 2026

އަންނަ އަހަރުން ފެށިގެން ސިންގަލް ޔޫޒް ޕްލާސްޓިކް އެތެރެކުރުން މަނާކުރަނީ

Jul 15, 2020
1

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާން ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން، މި އަހަރުގެ ތެރޭގައި އިމްޕޯޓް ކުރާ ބަޔޯޑީގްރޭޑެބަލް ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ގޯނިން 400 ޕަސެންޓްގެ އިމްޕޯޓް ޑިއުޓީއެއް ނަގާނެ އެވެ.

އަދި ޕްލާސްޓިކް ފިލްމާއި ޝީޓާއި ހޮޅިއާއި ތަށި ފަދަ ތަކެތިން 200 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ އެވެ. ރާއްޖެއަށް އެތެރެކުރެވޭ ގިނަ ބާވަތްތަކެއްގެ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެންނަ ގޮތަށް ހުށަހަޅާފައިވާ އެ ބިލުގައި ބުނަނީ އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ އެފަދަ ޕްލާސްޓިކްގެ ބާވަތްތައް އަންނަ އަހަރުން ފެށިގެން އެތެރެ ކުރުން މުޅިން އެއްކޮށް މަނާ ކުރެވޭނެ ކަމަށެވެ.

ރާއްޖެއަށް އެތެރެކުރެވޭ ގިނަ ބާވަތްތަކެއްގެ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެންނަ ގޮތަށް ހުށަހަޅާފައިވާ އެ ބިލުގައި ބުނަނީ އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ އެފަދަ ޕްލާސްޓިކްގެ ބާވަތްތައް އަންނަ އަހަރުން ފެށިގެން އެތެރެ ކުރުން މުޅިން އެއްކޮށް މަނާ ކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355