twitterviber whatsapp telegramfacebookyoutube instagram
15th April 2026

ހއ. އަތޮޅު ކައުންސިލުން ކޮވިޑް ރިލީފް ފަންޑެއް ހުޅުވައިފި

ނަބީލާ އިސްމާޢީލް
Jul 16, 2020

ކޮވިޑް-19 އާ ގުޅިގެން ދިމާވާ ކަންކަމުގައި ހޭދަކުރުމަށް " ކޮވިޑް-19 ރިލީފް ފަންޑް" ނަމުގައި ހއ.އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފި އެވެ.

ހއ. އަތޮޅު ކައުންސިލުން ހާމަކުރި ގޮތުގައި މި ފަންޑުގެ ބޭނުމަކީ ކޮވިޑާއި ގުޅިގެން ރަށުކައުންސިލުތަކުން ކުރަންޖެހޭ މުހިންމު ހަރަދުތައް ކުރެވޭނެގޮތް ހަމަޖައްސައިދިނުން ކަމުގަ އެވެ.

މި ފަންޑަށް ތިންލައްކަ ރުފިޔާ ކަނޑައެޅިފައިވާއިރު ފަންޑުން ފައިސާ ދޫކުރުމަށް އަތޮޅު ކައުންސިލްގެ 153 ވަނަ ޢާންމު ބައްދަލުވުމުން ވަނީ ނިންމާފައިވަނީ ކޮވިޑް 19 އަތޮޅު އިމަންޖެންސީ އޮޕަރޭޝަން ސެންޓަރު ހިމެނޭގޮތަށް ހއ. އަތޮޅު 14 ރަށުގައި ގާއިމްކޮށްފައިވާ އޮޕަރޭޝަން ސެންޓަރުތައް ހިމެނޭގޮތަށެވެ.

މިފައިސާ މިހާރު ރަށު ކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާނެ ކަމަށާއި ރަށު އެމެޖެންސީ ސެންޓަރުތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެލައްކަ ފަންސާސް ހާސްރުފިޔާގެ %50 ހުރިހާ ރަށަކަށް ހަމަހަމައަށް ދޫކުރުމަށް ކަމަށެވެ. އަނެއް %50 އެރަށަކުން ހިދުމަތް ދޭންޖެހޭ އާބާދީއަށް ނިސްބަތްކޮށް ދޫކުރުމަށްކަމަށެވެ.

އަދި އަތޮޅު އިމަޖެންސީ ސެންޓަރަށް ދޫކުރަން ހަމަޖެހިފައިވަނީ ފަންސާސް ހާސް ރުފިޔާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355