twitterviber whatsapp telegramfacebookyoutube instagram
25th October 2025

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

ޚަދީޖާ އާދަމް
Jul 17, 2020

އުތުރާއި މެދުރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

އެގޮތުން އުތުރުގެ ސަރަހައްދުތަކުގެ އިތުރުން މެދުރާއްޖޭގެ އެކި ސަރަހައްދުތަކަށްވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ހެނދުނު ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ޔެލޯ އެލާޓްވެސް ނެެރެފައެެވެ.

އުތުރާއި މެދުރާއްޖޭގެ ސަރަހައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގައި ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

އަދި ދެކުނުގެ ސަރަހައްދުތަކަށް އިރުދެކުނާއި ދެކުނުން ވައި ޖެހޭނީ ގަޑިއަކު ތިން މޭލާއި 13 މޭލުގެ ބާރުމިނުގައި ކަމަށާއި ދެކުނުގެ ސަރަހައްދަށްވެސް މިއަދު ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355