twitterviber whatsapp telegramfacebookyoutube instagram
17th February 2026

ގަމުން ޑާކާއަށް ބޭއްވި ފުރަތަމަ ފްލައިޓުން ބަގްލަދެޝްގެ 135 މީހުން ފުރުވާލައިފި

Jul 17, 2020

ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ބަންގްލަދޭޝްގެ ޑާކާ އަށް ފުރި ފުރަތަމަ ފްލައިޓުން ބަގްލަދޭޝްގެ 135 މީހުން ފުރައިފި އެވެ.

މިއީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އެނބުރި ގައުމަށް ފުރުވާލުމަށް މޯލްޑިވިއަން އާއި ސަރުކާރުން ގުޅިގެން ބާއްވާ ރެޕަޓްރިއޭޝަން ފްލައިޓުތަކުގެ ތެރެއިން ގަމުން ޑާކާ އަށް ބާއްވާ ފުރަތަމަ ފްލައިޓެވެ.

ރެޕަޓްރިއޭޝަން ފްލައިޓުތަކުގައި މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ފުރުވާލާފައިވާއިރު، މީގެ ތެރޭ ގިނައިން ހިމެނެނީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. މީގެ އިތުރުން އެކި ސަބަބުތަކާ ހުރެ އެނބުރި ގައުމަށް ދިޔުމަށް ބޭނުންވާ މީހުންވެސް މި ފްލައިޓުތަކުގައި ދަނީ ފުރުވާލަމުންނެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

އަދި މީގެ ކުރިން ވީއައިއޭ އާއި ޑާކާ އާއި ދެމެދު 21 ފްލައިޓު މޯލްޑިވިއަން އިން ވަނީ ބާއްވައިފަ އެވެ.

މި އަހަރު ނިމޭއިރު، ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން އަމާޒުހިފާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355