twitterviber whatsapp telegramfacebookyoutube instagram
16th April 2026

ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް 443 ޓޫރިސްޓުން އަތުވެއްޖެ

Jul 19, 2020

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ރާއްޖެއަށް 443 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ތިން ދުވަހުގެ ހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ފުރަތަމަ ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެވެ.

ބޯޑަރު ހުޅުވި ދުވަހު ޖުމްލަ 212 މީހުން އައިސްފައި ވެއެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 104 ޓޫރިސްޓުންނާއި 38 ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރަން އައި 65 މީހުން އަދި އެހެނިހެން ގޮތް ގޮތަށް އައި ފަސް މީހެކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމާލުމާއެކު މި މަހު 10،595 ޓޫރިސްޓުން އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީ އިން ހެދި ދިރާސާ އަކުން ވަނީ ދައްކާފަ އެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި މި އަހަރު ބާކީ އޮތް މަސްތަކުގައި ޖުމްލަ އަންނާނެ ކަމަށް ބެލެވެނީ 450،134 މީހުނެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައިވެ ސް އެންމެ ގިނަ ޓޫރިސްޓުން އައި އަހަރެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ވަނީ އައިސްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355