twitterviber whatsapp telegramfacebookyoutube instagram
8th May 2026

އީދު ބަންދުގައި ރަށުން ބޭރަށް ނުދާން އެދިއްޖެ

ޚަދީޖާ އާދަމް
Jul 19, 2020

ބޮޑު އީދުގެ ޗުއްޓީ ލިބުނު ކަމުގައި ވިޔަސް އީދު ބަންދުގައި ރަށުން ބޭރަށް ނުދާން އެޗްޕީއޭ އިން އެދެފި އެވެ.

ރޭ ހެލްތު އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ޒަރޫރީ ބޭނުމެއް ނެތިއްޔާ ރަށްރަށަށް ދަތުރު ނުކުރުން ކަމަށާއި އީދު ޗުއްޓީ ލިބުނު ކަމުގައި ވިޔަސް އީދު ބަންދަށް ރަށްރަށަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

ބޮޑު އީދާ ދިމާކޮށް ބޮޑު ޗުއްޓީ އެއް ލިބެ އެވެ. މިނިވަން ދުވަސް ވެސް ދިމާވަނީ އެއް ހަފުތާއަކަށް ކަމަށް ވުމުން އެ ހަފުތާގެ ތިން ދުވަސް ވެސް ބަންދުވާނެ އެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ ރަށްރަށް ރައްކާތެރި ކުރެވެން އޮތް އެންމެ ހަރުދަނާ ފިޔަވަޅަކީ ދަތުރު ކޮށްފައި ރަށަށްދާ މީހުން 14 ދުވަހުގެ ކަރަންޓީނުގައި ތިބެފައި ޓެސްޓު ކުރުން ކަމަށާއި އެކަންކަމަށް ނުބަލާ ކަމުގައިވާނަމަ ރަށްރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެކަހަލަ މައްސަލަތަކުގެ ޝަކުވާ ވެސް އެޗްޕީއޭ އަށް މިހާރު ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355