twitterviber whatsapp telegramfacebookyoutube instagram
21st December 2025

ވައި ގަދަވެ، އުދައިގެ ސަބަބުން ގެއްލުން ލިބިދާނެތީ ސަމާލުވުމަށް އެދެފި

ޚަދީޖާ އާދަމް
Jul 19, 2020

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ، ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައި ވާތީ، ގަދަ ވަޔާއި އުދައިގެ ސަބަބުން ލިިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އެދެފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީން ވަނީ ގަނޑު ގަދަވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މެޓު އޮފީހުން ލަފާކޮށްފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

މިއަދު ރާއްޖޭގެ ބޮޑު ބަޔަަކަށް ގުގުރުމާއިއެކު ވިއްސާރަ ކުރާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

އަދި ހުޅަނގުއުތުރާއި އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރު މިނެއްގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355