twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަދީބުގެ މައްޗަށް ކުރި ދައުވާތައް ބާތިލްކުރި ގާޒީ ސަސްޕެންޑް ކޮށްފި

ޚަދީޖާ އާދަމް
Jul 19, 2020
1

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާތައް ބާތިލްކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ދެ މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

އިސްމާއީލް ރަޝީދު ސަސްޕެންޑުކުރީ އެ މައްސަލައިގެ ބާވަތަށާއި އެ މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެއްކަށާއި އެ މައްސަލަ ތަހުގީގު ކުރާއިރު އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް އެ ބަޔާނުގައިވެއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން ބަލަމުން އަންނަނީ ގާޒީ އިސްމާއީލް ރަޝީދު ފާޅުކަންބޮޑުގޮތެއްގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ.

ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ އަމަލުތަކުގެ ތަފްސީލު ތަހުގީގުކޮށް ނިމުމުން ކަނޑައެޅިފައިވާ އުސޫލުގެމަތިން ހާމަކުރާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވާ ގޮތުން އަދީބުގެ މައްސަލަތައް ބޭރުކޮށްލީ ދައުލަތުން ހުށަނާޅާ ލިޔުންތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެކަމުގައި އިޖުރާއާތުތަކާ ހިލާފަށް ކޯޓުން އަމަލުކުރި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމަށް ފަހު އަދީބު ފުރުން މަނާ ކުރުމުގެ އަމުރެއް މިހާރު ވަނީ ނެރެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355