twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހަތް ދަރިވަރަކަށް ރައިސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Jul 19, 2020

މިދިޔަ އަހަރު އޭ ލެވެލް އިން އެއްވަނަ ހޯދި ހަތް ދަރިވަރަކަށް، ރައިސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

މިއަހަރުގެ ރައީސް ދެއްވާ ސްކޮލާޝިޕް ލިބުނީ ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަންގެ ފަސް ދަރިވަރަކާއި، އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދެ ދަރިވަރަކަށެވެ.

އެ ސްކޮލަޝިޕްގެ ދަށުން އެ ކުއްޖަކު ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ އަޅަމުން އަންނަ ހަލުވި ފިޔަވަޅުތަކަށް ބަލާއިރު، މަތީ ސާނަވީ ނިންމުމަކީ އުނގެނުމާއި އިލްމު ހޯދުމުގެ ހަގީގީ ފެށުން ކަމަށެވެ.

ރައީސްގެ ސްކޮލަޝިޕްގައި ހަތް ގައުމެއްގައި މިހާރު ވެސް 54 ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ. ހައި އެޗީވާސް ސްކޮލަޝިޕްގައި ތަފާތު ހަތް ގައުމެއްގައި 117 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ 12 އަހަރުގެ ބުރަ މަސައްކަތަށްފަހު އެކުދިން ހޯދި ފުރިހަމަ ކާމިޔާބީއަށް ވަރަށް ހޫނު މަރުހަބާއެއް ރައްދު ކުރައްވައިފައެވެ. އަދި އެކުދިންނަށް ހިތްވަރުދީ، އެހީތެރިވެދިން މައިންބަފައިންނާއި ބެލެނިވެރިންނަށާއި، މުދައްރރިސުންނަށް ވެސް ރައީސް ވަނީ މަރުހަބާ ދަންނަވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355