twitterviber whatsapp telegramfacebookyoutube instagram
9th November 2025

އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފި

ޚަދީޖާ އާދަމް
Jul 19, 2020
1

ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފި އެވެ. އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ މިރޭ 8:30 ގައެވެ.

ފުލުހުން ބުނީ އަލީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް އަލީ ވަހީދު ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު އެކި ދުވަސް މަތިން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބައެއް މުވައްޒަފުން ވަނީ ބުނެފަ އެވެ. އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މިމަހުގެ 16 ވަނަ ދުވަހު ފުލުހުން ބޭއްވި ބައްދަލްވުމެއްގައި ޗީފް އިންސްޕެކްޓާ މަރިޔަމް އަޒްމާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ޖިންސީ ފުރައްސާރައިގެ މައްސަލާގައި 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްގެ ކަމެއް އަދި އެ 15 މީހުންނަކީ ވެސް ވިކްޓިމް ކަމެއް ނުވަތަ ނޫން ކަމެއް ނުބުންޏެވެ.

ފުލުހުން ވަނީ އަލީ ވަހީދު ދިރިއުޅޭ ގެ ފާސްކޮށް އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ، އަލީ ވަހީދު ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނު ގުޅައިގެން ވެސް ޖިންސީ ފުރައްސާރަ އަލީ ވަހީދު ކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355