ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލްއަށް ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން، އޭނާ މަގާމުން ސަސްޕެންޑު ކޮށްފިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރަކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ފަޒީލް ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Following serious allegations of sexual harassment Ahmed Fazeel, Communication Director at the Ministry of Fisheries, Marine Resources and Agriculture has been suspended from his post. The matter is currently under investigation.
— Ibrahim Hood (@MvSpokesperson) July 20, 2020
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓެއްގައި ފިޝަރީޒްގެ ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ ފަޒީލަށް، ކުދިންގެ ގަޔަށް އަތްލުމާއި ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރާއި ފޮޓޯ ފޮނުވުން ފަދަ ތުހުމަތުތައް ކޮށްފައިވެ އެވެ. އެކަމާ ގުޅިގެން މައްސަލަ ބަލާ ނިމެންދެން ޕާޓީ ގެ ހަރަކާތްތަކުން އޭނާ އެކަހެރިކުރެވިފައިވާ ކަމަށާއި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއެކު އެމްއާރްއެމް އިން ފުރިހަމައަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް ވެސް އެ ޕާޓީން ބުންޏެވެ.
މި ފަހަކަށް އައިސް ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދުވެސް ވަނީ އެ މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށްފަ އެވެ.