twitterviber whatsapp telegramfacebookyoutube instagram
11th November 2026

ވަޒީފާއަށް ނުރަނގަޅު އަސަރުކުރި ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި 18 މިލިއަން ރުފިޔާ ދޫކޮށްފި

ނަބީލާ އިސްމާޢީލް
Jul 20, 2020
1

ކޮވިޑް-19ގެ ސަބަބުން ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް ދޭން ހަމަޖެހުނު އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 18.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ދަތިކަމުން ވަޒީފާ ގެއްލި އަދި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސްޕޯޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހާ ހަމަ އަށް 4,525 މީހަކަށް ވަނީ ފައިސާ ދޫކޮށްފަ އެވެ. އެއީ 18.1 މިލިއަން ރުފިޔާ އެވެ.

އިކޮނޮމިކް ރިލީފް ޕެޖޭޖުގައި ހިމަނައިގެން އިންކަމް ސްޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ. މި އެހީ ދެނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ.

އިންކަމް ސަޕޯޓުގެ ފައިސާ ދޫކުރަނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކޮށްގެންނެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ އަށް ވަނީ ނުރަނގަޅު އަސަރުކޮށްފަ އެވެ. އެ ގޮތުން އެންމެ ބޮޑު އަސަރެއްކޮށްފައިވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އަމިއްލަ މަސައްކަތް ކޮށްގެން އުޅޭ މީހުންނަށެވެ. މި ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ ވަނީ އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293