އޮކްސްފޯޑް ޔުނިވާރސިޓީއާއި މަޝްހޫރު ފާމަޝޫޓިކަލް ކުންފުނި އެސްޓްރާ ޒެނެކާ ގުޅުގެން ކޮވިޑް-19 އާއި ދެކޮޅަށް އުފެއްދި ވެކްސިން ކާމުޔާބު ކަމަށް އެ ޔުނިވާރސިޓީން ބުނެފި އެވެ.
ވެކްސިން ޓެސްޓު ކުރުމުގައި 1077 މީހަކު ބައިވިއިރު، ވެކްސިނަށް ޖެހުމުން ހަށިގަނޑުގައި އެންޓިބޮޑީސް އުފައްދާ ވައިރަހާ ދެކޮޅަށް މަސަކަތްކުރާ ޓީސެލްސް އުފެދޭކަން ވަނީ ހޯދިފައެެވެ.
އޭޑެޑްޑީ1222 ގެ ނަން ދީ ފައިވާ މި ވެކްސިނަކީ ރައްކާތެރި ވެކްސިނެން ނަމަވެސް ސައިޑް އެފެކްޓްވެސް އެބަހުރި ކަމަށާއި ނަމަވެސް އެއީ ވެކްސިނަށް ފަހު ބޮލުގައި ރިހުން ނުވަތަ ހުން އައުން ފަދަ ކަންކަން ކުދިކުދި ސައިޑް އިފެކްޓްސް ކަމަށްވެސް މައުލޫމާތު ދެއެވެ. އަދި މި އަަލާމަތްތައް އެއީ ޕެރެސެޓްމޯލް ފަދަ ބޭހަކުން ރަނގަޅުވާނެ ކަމެއްކަމަށާއި އެއްވެސް ވަރަކަށް ނުރައްވާފަދަ އަލާމާތެއް ނެތްކަމަށް އެ ޔުނިވާރސިޓިން މައުލޫމާތު ދެއެވެ.
އެ ޔުނިވާރސިޓީންގެ ޕްރޮފެސާރ ސާރާ ގިލްބާރޓް ބުނީ އަދިވެސް ވެކްސިނުން ކޮވިޑް-19 ގެ ޕެންޑެމިކް ހުއްޓުވޭނެ ކަމަށް ބުނަން އަވަސް ކަަމަށާއި އެކަމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. ނަމަވެސް މިހާރު ވެކްސިނުން މި ފެނުނު ނަތީޖާއިން އުންމީދު އާ ވެފައިވާ ކަމަށެވެ.
މިހާތަނަށް އަދި މި ވެކްސިން ގެ ސަބަބުން ކޮވިޑްގެ ވައިރަހުން އިންސާނާ އެއްކޮށް ރައްކާތެރިކޮށްދޭ ކަމެއް ނުވަތަ ބަލީގެ އަލާމަތްތައް މަދުކޮށްދީ ކަމެއް މުޅިން ޔަގީން ކުރެވިފައެއް އަދި ނުވެއެވެ.
އެހެން ނަމަވެސް ދެވަނަ ޓްރެއަލްއެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި ޓްރެއަލް ގައި ޔޫއެސްއިން 30،000 މީހުން، ސައުތް އެފްރިކާއިން 2000 އަދި ބްރެޒިލްގެ 5000 މީހުން ބައިވެރިވާނެ އެެވެ.
އޮކްސްފޯޑުން ބުނީ މި އަހަރު ނިމުމުގެ ކުރިން މި ވެކްސިނަކީ އެއްކޮށް ކާމިޔާބު ވެކްސިނެއްކަން ބުންނަން އެނގޭނެ ކަމަށާއި އެހެންނަމަވެސް ހުރިހާ ހިސާބަކަށް ވެކްސިން އަދި ފޯރުނުކޮށްދެވޭނެ ކަމަށެވެ.
އަދި ފުރަަތަމަ ވެކްސިން ދޭ އިރު އިސްކަން ދޭނީ ސިއްހީ ހިދުމަތް ތެރިންނަށާއި ކޮވިޑްގެ ހައި ރިސްކު އޮތް ފަރާތްތަކަށާއި އަދި ރިސްކު އޮތް އުުމުރުގެ މީހުންނަށާއި ދާއިމީކޮށް ބޭސް ކުރާފަރާތްތަކަށެވެ.
އޮކްސްފޯޑްގެ އިތުރުން ޗައިނާއިންވެސް އަންނަނީ ކޮވިޑަށް ވެކްސިނެއް ހަދަމުންނެވެ.