twitterviber whatsapp telegramfacebookyoutube instagram
5th July 2025

އަންނަ މަހު ގްރޭޑް 7-8 އަށް ސްކޫލުގައި ކިޔަވައިދޭން ފަށަނީ

ޚަދީޖާ އާދަމް
Jul 21, 2020

އަންނަ މަހުގެ ތެރޭގައި ގްރޭޑް 7-8 ކިޔަވައިދޭން ފަށާނެ ކަމަށާއި ކިޔަވައިދޭން ފަށާނެ ތާރީހު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު، މި މަހުގެ އެއްވަނަ ދުވަހު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް ސްކޫލްތައް ބަންދުކުރަން ޖެހިފައިނުވާ ފަދަ ދިގު މުއްދަތަކަށް ސްކޫލުތައް ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގަ އެވެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މަޝްވަރާއާ ލަފާއާއެކު އަންނަ މަހުގެ މެދެއްހާ ހިސާބުގައި، މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑު 7-8 އަށް ކިޔަވައިދޭން ފަށާނެ ކަމަށް "މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވި އެވެ.

ސްކޫލުތަކުގައި ގައިދުރުކަން ބެހެއްޓުމަށްޓަކައި މީގެ ކުރިން 30-32 ދަރިވަރުން ތިބި ކްލާސް ރޫމުތައް 16 ދަރިވަރުންނަށް މަދުކޮށްފައިވެ އެވެ. އާތިޔާ ވިދާޅުވީ އެހެން ގްރޭޑުތަކަށް ކިޔަވައިދޭން ފެށިއަސް ސްކޫލުތަކަށް މެނޭޖްކުރެވޭނެ ކަމަށެވެ.

ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައި ވީނަމަވެސް އޮންލައިން ކްލާސްތައް ހިންގާ ދަރިވަރުންނަށް ގެންދިޔައީ ބަންދުތެރޭގައިވެސް ކިޔަވައި ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355